ބޮޑު އިންތިޒާރެއް ކުރަމުންދާ ކޮމެޑީ ފިލްމު 'ދަމާލް 4′ ރިލީޒްކުރަން ތައްޔާރުވެފައިވާއިރު، މި ފްރެންޗައިޒްގެ ފަސްވަނަ ބައެއް ވެސް އަންނާނެކަމުގެ އިޝާރާތެއް ކޮށްފިއެވެ.
ޚަބަރުލިބޭ ގޮތުގައި ފިލްމު ނިމޭ ސީންއިން 'ދަމާލް 5′ އުފައްދާނެކަން ޔަގީންވެގެންދާއިރު، އެ ބައި ވެސް ވެގެންދާނީ ކުރީގެ ބައިތަކެކޭ އެއްގޮތަށް މަޖާ، މޮޅު އެންޓަޓެއިނަރަކަށެވެ.
އިންދުރަ ކުމާރު ޑައިރެކްޓްކޮށްފައިވާ 'ދަމާލް 4′ އިން މި ފްރެންޗައިޒްގެ މައިގަނޑު ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދް ވާރްސީ، ސަންޖޭ މިޝްރާ އަދި ޖާވިދު ޖެފްރީ ފެނިގެންދާނެއެވެ. މީގެ އިތުރުން އީޝާ ގުޕްތާއާއި ސަންޖީދާ ޝެއިޚް ފަދަ އާ މޫނުތަކެއް ވެސް މި ފަހަރުގެ ބައިން ފެންނާނެއެވެ.
ޓީ-ސީރީޒް އަދި ދޭވްގަން ފިލްމްސް ގުޅިގެން އުފައްދާފައިވާ މި ފިލްމު ހިޓްވާނެކަމުގެ ބޮޑު ޔަގީންކަމެއް އުފެއްދުންތެރިންނަށް އެބައޮތެވެ.


