ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ، ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތް އޮގަސްޓް މަހު ފަށަނީ

މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ސީއެޗްއެސްސީގައި ބޭއްވި 'މަތީ އަރުތަވެރިންގެ އިނާމު 2025′ ދިނުމުގެ ރަސްމިއްޔާތުގެ 4 ވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރު އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަތީ ސާނަވީ މަރުހަލާއަށް ދަނީ ގްރޭޑް 10 ނިންމާ ދަރިވަރުންގެ ގާތްގަނޑަކަށް 34 އިންސައްތަ ކަމަށެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއި ދަރިވަރުންނަށް މަތީ ސާނަވީގެ މުހިންމުކަން ވިސްނައިދިނުމަށް ކުރެވުނު މަސައްކަތުން، އެ އަދަދު މިހާރު 48 އިންސައްތައަށް އުފުލިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މުޅި ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އުފެއްދި މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި މިހާރުވެސް ދަރިވަރުން ދަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ. އަދި އެތަނުގެ އައު ޢިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގެ އިތުރުން، އެކި ސިނާއަތްތަކާ ގުޅިގެން "ވޯކް ބޭސް އެޕްރެންޓިޝިޕް ޕާތްވޭ" (މަސައްކަތުގެ މާހައުލުން ހުނަރު ދަސްކޮށްދޭ ނިޒާމު) ފުޅާކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީގެ ސްކިލް ޑިވެލޮޕްމަންޓް ބައިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޝަރަފްވެރިކޮށްދެއްވުން.، ފޮޓޯ: އެޑިޔުކޭޝަން

ސްކޫލް މަރުހަލާގައި ކިޔެވުމަށް އެންމެ ކުއްޖަކު އިތުރުކުރެވުނަސް، އެއީ ޤައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށާއި، ޒުވާނުން ބާރުވެރިކުރުވައި، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް ވެސް ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ