ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް މާރާމާރީގައި ހިންގި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ، މާރާމާރީ ހިންގާފައިވާ މައްސަލައެއްގައި އިއްޔެވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ، އުމުރުން 23 އަހަރާއި، 24 އަހަރުގެ 2 ދިވެހިންނެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ، އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލާއާ ގުޅިގެން މިހާތަނަށް ޖުމުލަ 3 މީހުން ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން ބަލަމުން ދަނީ، ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެކެވެ. މި މައްސަލަ ފުލުހުން ދަނީ، ތަޙުޤީޤު ކުރަމުންނެވެ.


