19 ޖޫން 2026 ގައި އޮމާން ކަނޑުއޮޅީގެ އައްސޭރީގައިވާ، ޝާރްޖާ އެމިރޭޓްގެ ބޮޑެތި ކޮންޓޭނަރު ބަނދަރުތަކުގެ ތެރެއިން އެއް ބަނދަރު ކަމަށްވާ އަދި އެ ސަރަހައްދުގައިވާ ހަމައެކަނި ގުދުރަތީ ފުން ކަނޑުގެ ބަނދަރު ކަމުގައިވާ ޚައުރު ފައްކާން ކޮންޓޭނަރު ޓާމިނަލްގެ ފާލަމެއްގެ ކައިރީގައި ކޮންޓޭނަރު އުފުލާ ބޯޓުފަހަރާއި ނާފަހަރު ބަނދަރުކޮށްފައި... (އޭއެފްޕީ)

އެމެރިކާއިން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދީ، ބަނދަރުތައް ޙިޞާރުކުރަން ނިންމައިފި

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބޫޝަހްރާއި ބަންދަރު ޢައްބާސްގެ އަސްކަރީ މަރުކަޒުތަކަށް ވިދިވިދިގެން ތިންވަނަ ރޭ ވަރުގަދަ ޙަމަލާތަކެއް ދިނުމަށްފަހު، އީރާނުގެ ބަނދަރުތައް އަލުން ޙިޞާރުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކޮށްފިއެވެ. އެމެރިކާގެ ސެންޓްކޮމުން ބުނީ މިއީ ކަނޑުއޮޅީގެ ރައްކާތެރިކަމަށާއި އީރާނުގެ އަސްކަރީ ޤާބިލުކަން ނައްތައިލުމަށް ދިން ޙަމަލާތަކެއް ކަމަށެވެ.

މި ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ކުވަޔިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށާއި ބަހްރައިންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓަށް ޑްރޯނާއި މިސައިލް ޙަމަލާތަކެއް ދީފައެވެ.

ރައީސް ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ޚަރަދު ހަމަޖެއްސުމަށް، އެ ސަރަޙައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކުން އުފުލާ މުދަލުގެ %20 ގެ ފީއެއް ނަގަން ނިންމާފައިވާ ކަން އިޢުލާނުކުރައްވާފައެވެ.

އީރާނުގެ އައިއާރްޖީސީން ބުނީ ކަނޑުއޮޅީގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނެވޭނީ އެމެރިކާގެ ނުފޫޒު ކަނޑުވައިލުމުން ކަމަށެވެ. މި މަހުގެ 7 އިން ފެށިގެން ދެ ފަރާތުގެ މެދުގައި ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން، ޖޫން މަހު ވީ ސުލްޙައިގެ އެއްބަސްވުން އުވި، ދުނިޔޭގެ ތެލާއި ގޭހުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާތީ ބައިނަލްއަޤުވާމީ މައިދާނުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ