ޑރ. ޝާހް މާހިރު

ސްޓޭޓްފާމާގެ އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުމެއް ނޫން، ބޭސް ލިބޭނެ ގޮތް ހެދުން: ޑރ. ޝާހު

ކުންފުނީގެ އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުމެއް ނޫންކަމަށާއި، މި ވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ބޭހުގެ މައްސަލައަށް ވަށައިޖެހޭ ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސްޓޮކް އަދި ސަޕްލައި ޗެއިން މެނޭޖްމަންޓް ރަނގަޅުކޮށް، ޒަމާނީ ޑިޖިޓަލް ސިސްޓަމެއް ޤާއިމްކުރަމުންދާ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތްތަނުގައި ދުރާލާ ބޭހުގެ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް ބޭސް އެތެރެކުރަން ނިންމާފައިވާ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް ދާދިފަހުން ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، ކުރި ދިރާސާތަކުން އެނގުނުގޮތުގައި ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ކުރިން ރަޖިސްޓްރީކޮށްފައިވަނީ އެންމެ %25 ބޭހެވެ. އެހެންކަމުން، މުޅި ނިޒާމަށް ހައްލެއް ގެނައުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން ބޭހުގެ އަގުތައް ހިފެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ލިބޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 އެސްޓީއޯ އިން ވަނީ ތަޢާރަފްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ