މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން ހިމަބިހި (މީސްލްސް) ގެ އާ 23 ކޭސް ފެނި، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 144 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް އެޅި ފިޔަވަޅުތަކާއެކު، މިހާރު ބަލި ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ޖެހިކަން ކަށަވަރުނުވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7,100 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ #measles pic.twitter.com/agQYH9HBuM
— Health Protection Agency (@HPA_MV) July 14, 2026
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބަލީގެ އަލާމާތްތައް ހުންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޑޮކްޓަރަށް ދިއުމުގައްޔާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.


