"މީޑިއާ ވިލެޖް" ގެ މަސައްކަތް، ފޮޓޯ: އެޗްޑީސީ

އަމާޒަކީ މިމަހުގެ ނިޔަލަށް މީޑިއާ ވިލެޖްގެ މަސައްކަތް އެއްކޮށް ނިންމާލުން: އެޗްޑީސީ

"މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ގްރައުންޑް ފްލޯގައި ސަރުކާރުން ތަރައްގީކުރަމުންދާ ޒަމާނީ "މީޑިއާ ވިލެޖް" ގެ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތައް މިވަގުތު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެޗްޑީސީން ހާމަކުރައްވައިފިއެވެ. ދައުލަތުގެ އިސްނެގުމުގެ މަތީން، މީޑިއާ ވިލެޖެއް ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މި މަޝްރޫއަކީ ރާއްޖޭގެ މީޑިއާ ދާއިރާގެ ކުރިއެރުވުމަށާއި، ނޫސްވެރިންނަށް މަސައްކަތް ކުރާނެ ފަހި އަދި ޒަމާނީ މާހައުލެއް ބިނާކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މި ހިނގާ ޖުލައި މަހުގެ ނިޔަލަށް މީޑިއާ ވިލޭޖްގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުން ކަމަށެވެ.

މި ވިލޭޖް ވުޖޫދަށް އައުމުން، ވަސީލަތްތައް މަދު މީޑިއާތަކަށާއި އަމިއްލަ ނޫސްވެރިންނަށް ބޭނުންވާނެ ވޯކްސްޕޭސް، އިންޓަނެޓް އަދި ސްޓޫޑިއޯ ފަދަ ޒަމާނީ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ މީޑިއާ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދާ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ