ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްއަށް 136 އަހަރު؛ ކަސްޓަމްސްގެ އިތުރު ޚިދުމަތްތައް ޑިޖިޓަލައިޒްކުރަނީ

ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަސައްކަތްތައް ބައްޓަންކުރާނީ މިހާރަށްވުރެ އިތުރަށް ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އެންފޯސްމަންޓްގެ ތެރެއަށް ޓެކްނޮލޮޖީ ވައްދައިގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

ވަޒީރު އިހްސާން ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް މުވައްސަސާއަކީ ކަސްޓަމްސްއެވެ. އަދި މި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ބޯޑަރުން ޑްރަގާއި މަނާ ތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އައު ބަދަލުތަކާއެކު ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފަށާފައިވަނީ 1890 ޖުލައި 18 ގައި "ބަންޑާރަ ފިހާރައިގެ" ނަމުގައެވެ. އެއަށްފަހު 1998 ގައި "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ގެ ނަމަށް ބަދަލުވެ، ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއަކަށް މި އިދާރާ ބަދަލުވީ 2011 ވަނަ އަހަރު ތަސްދީޤުކުރި ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ. މިހާރު މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކަށް ވެސް ކަސްޓަމްސްގެ ޚިދުމަތް ދަނީ ފުޅާކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ