މީހަކު ވަރުބަލިވެގެން، ވާޅު ފިލުވާލަން އޮށޯވެލުމަކީ މިސްކިތުގެ ޙުރުމަތް ކެނޑުން ކަމުގައެއް ނުވާނެ: ޝައިޚް ޒަމްޒަމް ފާރިޝް

މިސްކިތުގައި އިށީނދެ އިނުމަށްފަހު އޮށޯވެލި ޒުވާނަކަށް ކައިރީގައި އިން މީހަކު އެއްޗެހި ކީ މައްސަލައަކާ ގުޅިގެން، ދީނީގޮތުން ބަލާއިރު މިސްކިތުގައި އޮށޯވެ އޮތުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝައިޚް ވިދާޅުވީ ނަމާދުން ފައިބަނިކޮށް ދިމާވި ޒުވާނަކު އެ ވާހަކަ ޙިއްޞާކޮށްފައިވާ ކަމަށާއި، މީހަކު ވަރުބަލިވެގެން ވާޅުފިލުވާލަން މިސްކިތުގައި އޮށޯވެލުމަކީ މިސްކިތުގެ ޙުރުމަތް ކެނޑުން ކަމުގައި ނުވާނެ ކަމަށެވެ.

ކީރިތި ރަސޫލާގެ ޞަޙާބީންނާއި އެނޫން ބޭކަލުން ވެސް މިސްކިތުގައި އޮށޯންނަވައި ހައްދަވާފައިވާކަން ފާހަގަކުރައްވަމުން ޝައިޚް ވިދާޅުވީ، މިސްކިތުގައި އޮށޯތުމުން މައްސަލައަކަށް ވާނީ އެހެން މީހުންނަށް އަޅުކަން ކުރުމަށް ދަތިވާގޮތަށް އެކަން ކުރާނަމަ އެކަނި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ