ކެނެޑާގައި ވޯލްޑް ކަޕް ފެށުން ކުލަގަދަކޮށް ފާހަގަކުރުން---

ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރަކުރުމަށް ކުރި 7 މިލިއަނަށްވުރެ ގިނަ ޕޯސްޓު ފީފާއިން ދެނެގަނެފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ތެރޭގައި ކުޅުންތެރިންނަށާއި، ޓީމުތަކަށާއި، މެޗު އޮފިޝަލުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ 7 މިލިއަނަށްވުރެ ގިނަ ފުރައްސާރައާއި ނުރައްކާތެރި ޕޯސްޓުތައް ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްޝަން ސަރވިސް އިން ދެނެގަނެފި ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. ފީފާއިން ބުނިގޮތުގައި މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާ އަޅާބަލާއިރު 14 ގުނަ އިތުރު އަދަދެކެވެ. 2022 ގެ މުބާރާތުގައި ފާހަގަކުރެވިފައިވަނީ އެފަދަ 470,000 ޕޯސްޓެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދެނެގަތް ޕޯސްޓުތަކުގެ ތެރެއިން ބައި މިލިއަނަށްވުރެ ގިނަ މެސެޖު ޓީމުން ވަނީ ވަކިން މުރާޖަޢާކޮށްފައެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންނަށް ދީފައިވާ ނުރައްކާތެރި އިންޒާރުތަކުގެ ތެރެއިން 1,000 އަށްވުރެ ގިނަ މައްސަލަ ފީފާއިން ވަނީ ތަންފީޒީ އިދާރާތަކަށާއި ފުލުހުންނަށް ހުށަހަޅާފައެވެ. މުބާރާތް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 53 މިލިއަނަށްވުރެ ގިނަ ޕޯސްޓާއި ކޮމެންޓްސްއިން މޮޑަރޭޓްކޮށްފައިވާއިރު، އޭގެ ތެރެއިން 11 އިންސައްތައަކީ ނަސްލީ ގޮތުން ދިމާކޮށް ފުރައްސާރަކުރުމަށް ކުރި ޕޯސްޓުތައް ކަމަށް ފީފާއިން މި މަހުގެ ކުރީކޮޅު ހާމަކޮށްފައިވެއެވެ.

އާދިއްތަ ދުވަހު އާޖެންޓީނާއާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗާއެކު މުބާރާތް ނިމުމަކަށް އަންނައިރު، ފީފާއިން ދަނީ އޮންލައިންކޮށް ކުޅުންތެރިންނަށް ކުރިމަތިވާ ފުރައްސާރަކުރުންތަކުން އެމީހުން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ