މަޖީދިއްޔާ ސްކޫލް, ފޮޓޯ: މިހާރު

ސަރުކާރުގެ ސްކޫލުތަކަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި

އަންނަ ދިރާސީ އަހަރު ސަރުކާރުގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ ނިޔަލަށް ތަޢުލީމާއި މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި ފޯމު ހުށަހެޅޭނީ www.moe.gov.mv މެދުވެރިކޮށް އޮންލައިންކޮށެވެ. މީގެކުރިން ސްކޫލް ބަންދު ދުވަސްވަރު ކުދިން ވެއްދުމުގެ މަސައްކަތް ކުރުމުން ފޮތްތަކާއި ސްޓޭޝަނަރީ ހަމަކުރުމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، 2024 ވަނަ އަހަރުން ފެށިގެން ދުރާލާ މި މަސައްކަތް ކުރާތީ ބޮޑެތި ލުއިތަކެއް ލިބެމުންދާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރެއެވެ.

މީގެއިތުރުން، ޚާއްޞަ ޙާލަތެއް ނެތި ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ވަކި މުއްދަތެއް ދިނުމަށް ނިންމައި، އެ މުއްދަތު އެކަޑަމިކް ކަލަންޑަރުގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ. މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ގައި ނިމި ބޮޑު ޗުއްޓީއަށްފަހު، 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖަނަވަރީ 17 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ