ރައީސް ނަޝީދު އިންތިހާބީ ރައީސްއާ ބައްދަލު ކުރައްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އިންތިޚާބީ ރައީސް މުއިއްޒު ހުވާ ކުރައްވާ ދުވަހަށް މޯދީއަށް ނަޝީދު ދައުވަތު ދެއްވަނީ

17 ނޮވެންބަރުގައި އޮންނަ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދަޢުވަތު ދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އިންޑިޠާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ޒަމާންނުއްސުރެ އޮންނަ ގުޅުމެއްކަން މުއިއްޒަށް އެނގިލައްވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވެރިކަމަށް ހުވާ ކުރެއްވުމަށް ފަހުގައި ވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށެވެ.

ޑރ. މުޢިއްޒަކީ ޗައިނާއަށް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް ސަރުކާރުން ބުނަމުންދާ ބުނުމަކީ ހަޤީޤަތެއް ނޫން ކަމަށާއި، އިންޑިއާއާއި ޗައިނާއާ ދެމެދު މުއިއްޒު އެއްވެސް ތަފާތުކުރުމެއް ގެއްގުޅުއްވާނެ ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

17 ނޮވެންބަރު 2018 ގައި އޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ހުވާ ކުރެއްވި ރަސްމިއްޔާތަށް މޯދީ ވަނީ ވަޑައިގެންފައެވެ. ޤަނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ޖަލްސާ ބޭއްވުމުގެ ހުރިހާ ތައްޔާރީތަކެއް ކުރަމުން ގެންދާ ކަމަށް މަޖިލީހުން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ނަސީދު ހާދަ ބޮޑުވެގަނެގެންމިއުޅެނީ އަނެއްކާ ކޮއްކަހަލަބާލާއެއް ޖައްސަންބަ ނަސީދަކީވ ބިރުވެރި މީހެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ