ވިލާ ކޮލެޖުން ބައިނަލްއަގުވާމީ ޗައިނާ ބަހުގެ ދުވަސް ފާހަގަކޮށްފި

ވިލާ ކޮލެޖުގައި ހުންނަ ޗައިނީސް ލޭންގުއޭޖް ސެންޓަރުން ބައިނަލްއަގްވާމީ ޗައިނާ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިސް އެކްސެލެންސީ، ވަންގް ލިކްސިނެވެ. ޝަރަފުވެރި މެހްމާންގެ އަރިހުގައި މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ އާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން މި ރަސްމިއޔާތުގައި ބައިވެރިވި އިއްޒަތްތެރިންގެ ތެރޭގައި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ވިލާ ކޮލެޖް އިސްވެރިން ހިމެނެއެވެ.

މި ހަފްލާގައި ބަސް އުނގެނުމާއި ސަގާފީ ބަދަލުކުރުން ކުރިއެރުވުމަށް، ޖަމާޢަތުގައި ކުރާ ޚިދުމަތްތައް ދައްކާލުން އޮތެވެ.

މި ރަސްމިއްޔާތުގައި  ޗައިނާގެ ސަގާފީ ހަރަކާތްތައް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި އިސްކަންދަރު ސްކޫލްގެ ހުނަރުވެރި ދަރިވަރުން ހުށަހަޅާދިނެވެ. އޭގެ ތެރޭގައި  ޗައިނީސް ކެލިގްރަފީ ދައްކާލުން ވެސް ކުރިއަށް ގެންދިޔަ އެވެ.  ޗައިނާ ބަސް ކިޔަވައި ދަރިވަރުންގެ ކާމިޔާބީތައް ދައްކާލުމުގެ އިތުރުން ވިލާ ކޮލެޖުގެ ޗައިނީސް ލޭންގުއޭޖް ސެންޓަރުން ދިވެހިނަށް ތައާރަފްކުރި ޗައިނާ ބަހާއި ޗައިނާގެ ސަގާފަތުގެ ދިރުމާއި މުއްސަނދިކަން ދައްކާލުން ވެސް އޮތެވެ.

2024 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޗައިނާ ބަހުގެ ދުވަސް ފާހަގަކުރުމަކީ ދިވެހިރައްޖޭ އާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ