ޣައްޒާގައި އެމެރިކާ ސިފައިން ގާއިމްކުރި ވަގުތީ ފާލަން.މި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ހަލާކުވުމުން ފާލަން ނަގަންވަނީ ޕެންޓަގަނުން ނިންމާފަ.

ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާއިން ހެދި ފާލަން ނަގަން ނިންމައިފި

ވޮޝިންޓަން (30 މޭ 2024): ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާ ސިފައިން ގާއިމުކުރި ވަގުތީ ފާލަން ނަގަން ނިންމިކަމަށް  އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. ޕެންޓަގަނުން ބުނެފައިވަނީ ފާލަން ނަގަނީ މޫސުން ގޯސްވުމުގެ ސަބަބުން ފާލަން ވެއްޓުމުން، ފާލަން މަރާމާތު ކުރުމަށް ކަމަށެވެ. މި ފާލަން އެމެރިކާ ސިފައިން އެޅީ ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގެ ބޭނުމުގައެވެ.

ޕެންޓަގަންގެ ތަރުޖަމާނު ސަބްރީނާ ސިންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ފާލަން ގޮނޑުދޮށުން ނަގައިގެން، އިޒްރޭލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަޝްދޯދަށް ގެންދާނެކަމަށެވެ. އެތަނުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފާލަން މަރާމާތުކޮށް، އަލުން ޣައްޒާގެ ގޮނޑުދޮށުގައި ފާލަން ހަރުކުރާނެ ކަމަށެވެ. އެކަމަނާ ވިދާޅުވީ ފާލަން ހަރުކުރުމަށް "މަދުވެގެން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ނަގާނެ" ކަމަށެވެ.

މި ފާލަމަކީ ހަމާސް ޖަމާޢަތާއި އިސްރާއީލާ ދެމެދު ގާތްގަނޑަކަށް 8 މަސް ދުވަހަށް ވުރެން ގިނަ ދުވަސް ވެފައިވާ ހަނގުރާމާގައި، ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުގޮށް ދެވެން އޮންނަ މަދު ދޮރުތަކުގެ ތެރެއިން ދޮރެކެވެ. މި ފާލަން ބޭނުން ކުރަމުން ގޮސްފައިވަނީ ކަނޑުމަގުން އަންނަ އިންސާނީ އެހީތައް ޣައްޒާއަށް ގެންދިއުމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެމުން ގެންދިޔަ، ޣައްޒާގެ ދެކުނުގެ މައި ދެ ގޭޓްވޭކަމަށްވާ ރަފާހު ބޯޑަރާއި ކަރަމް އަބޫސާލިމް ގޭޓް އިސްރާއީލު ސިފައިން ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން، މިހާރު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެމުން ދަނީ މި ފާލަމުންނާއި، އިސްރާއީލުގެ އުތުރުގައިވާ މަގު ތަކުންނެވެ. މުހައްލިލުން ދެކޭގޮތުގައި ޣައްޒާގެ ދެކުނުގެ މައި ދޮރާއިތައް ބަންދުކޮށް، އެމެރިކާގެ ވަގުތީ ފާލަމުންނާއި އިސްރާއީލުގެ ދެކުނު ސަރަހައްދުތަކުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހުއްދަ އިސްރާއީލުން ދެނީ، ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ ޝިޕްމެންޓްތަކުގެ ކޮންޓްރޯލް ހަމައެކަނި އިސްރާއީލުގެ އަސްކަރިއްޔާގެ އަތުގައި ބޭއްވުމަށެވެ.

މިކަމުގެ ސަބަބުން އިސްރާއީލު ބޭނުންވާ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދީފައި އަނެއްބަޔަކު ކާބޯތަކެތިން މަހުރޫމު ކުރުމުގެ ފުރުސަތު އިސްރާއީލަށް ލިބިގެންދާނެތީއެވެ.

އިސްރާއީލުގެ މަގްޞަދަކީ ޣައްޒާއަކީ އިންސާނުންނަށް ދިރި ނޫޅެވޭނެ ތަނަކަށް ހަދާލުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ