ފުލުހަކަށް ވަޅިން ހަމަލާދޭން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ފުލުހުންގެ އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޢާއްމުންގެ މީހަކަށް ހަމަލާ ދޭން އުޅުމުން އޭނާ ހުއްޓުވުމަށް އުޅުމުންކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ އިރުއޮއްސި 18:30 ހާއިރުގައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.


