އެމެރިކާއިން ޣައްޒާ ގަންނާނަން: ޓްރަމްޕް 

ޣައްޒާ ގަނެ އެތަނުގެ މިލްކުވެރިކަން ހޯދުމަށް އެމެރިކާއިން ގަސްދުކުރާ ކަމަށާއި، އެތަނުގައި ދިރިއުޅޭ 2 މިލިއަން ފަލަސްތީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމަށް ގަސްދުކުރާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ،  މިއީ ފާއިތުވި ހަފްތާގައި އޭނާ ހާމަކުރެއްވި ޕްލޭނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި ދެއްވާފައިވާ ބަޔާނެކެވެ.

ނަމަވެސް، ފަލަސްތީނު އޮތޯރިޓީއާއި ހަމާސްއިން މި ޕްލޭނާ ދެކޮޅު ހަދައި، ފަލަސްތީނުގެ ބިމަކީ ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށް ބުނެފައިވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މި ޕްލޭނަށް ތަޢުރީފުކުރައްވައި، މިއީ "އާ އުފެއްދުންތެރި އަދި އިންޤިލާބީ" ޚިޔާލެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތަނުގެ ބޮޑު އާބާދީއެއް ތަފާތު ތަންތަނަށް ބަދަލުވެފައިވާއިރު، ގާތްގަނޑަކަށް 70 އިންސައްތަ އިމާރާތްތައް ވަނީ ހަލާކުވެފައެވެ. އަދި ޞިއްޙީ، ފެނާއި ނަރުދަމާގެ ނިޒާމުތައް ވަނީ ފުނޑުފުނޑުވެފައެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި، ހިޔާވަހިކަމުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭކާބެހޭ އޮފީހުން އިންޒާރުދީފައިވަނީ، ހަންފަތުރާފައިވާ ތަނެއްގައި ދިރިއުޅޭ މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން މަނާކަމެއް ކަމަށެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް ވެސް ވަނީ ޓްރަމްޕްގެ މި ޕްލޭނަށް ގަދައަށް ފާޑުކިޔުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ