ދެވަނަ ބުރުގައި މެސީ އާއި ޕީއެސްޖީ ކުރިމަތިލުމެއް

ފީފާ ކްލަބު ވޯލްޑްކަޕްގެ ދެވަނަ ބުރުގައި މެސީ ކުޅޭ އިންޓަމިއާމީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާ ވާދަކުރަން ޖެހިއްޖެއެވެ. މުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕް އޭ ގެ ދެވަނަ ޓީމު ދެވަނަ ބުރުގައި ކުޅެން ޖެހެނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ. ރޭ އިންޓަމިއާމީ އާއި ޕަލްމެރަސް މެޗަށް ނިކުތްއިރު ، މޮޅުވެގެން އެއްވަނަ ހޯދުމުގެ ފުރުސަތު އިންޓަމިއާމީއަށް އޮތެވެ. އެހެންކަމުން އެޓީމު ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު އަލެންޑޭ ޖެހި ލަނޑުން ލީޑު ނަގާފައެވެ. އަދި ދެވަނަ ހާފުގައި ސުއަރޭޒް ޖެހި ގޯލުން އެޓީމުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓާއި 87 ވަނަ މިނެޓްގައި ޕަލްމެރަސް ދެ ގޯލު ޖަހާ މެޗު އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ހޯދިއެވެ. އިންޓަމިއާމީ އާއި ޕަލްމެރަސް އަށް 5 ޕޮއިންޓް ލިބުނުއިރު ، ޕަލްމެރަސް އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

މި ގްރޫޕްގައި ޕޯޓޯ އާއި އަލްއަހްލީ ކުޅުނު މެޗު ދެ ޓީމު އެއްވަރުވީ 4-4 އިންނެވެ.

ގްރޫޕް ބީ ގައި ރޭގައި އެތުލެޓިކޯ މެޑްރިޑުން ބޮޓަފޯގޯ 1-0 އިން ބަލިކުރިޔަސް އެޓީމަށް ދެވަނަ ބުރުން ފުރުސަތެއް ނުލިބުނެވެ. އެތުލެޓިކޯގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ ފަހުކޮޅު ގްރީޒްމަންއެވެ. ޕީއެސްޖީ ވަނީ 2-0 އިން ސީޓްލް ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ޕީއެސްޖީ ، ބޮޓަފޯގޯ އަދި އެތުލެޓިކޯ މެޑްރިޑަށް ވެސް 6 ޕޮއިންޓް ލިބުނުއިރު ، ޕީއެސްޖީއަށް އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ބޮޓްފޯގޯއަށް ދެވަނަ ލިބެނީ ބަައިކޮޅަށް ވަން ގޯލު މަދުކަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ