MIAMI GARDENS, FLORIDA - JULY 01: Gonzalo Garcia #30 of Real Madrid C.F. celebrates scoring his team's first goal during the FIFA Club World Cup 2025 round of 16 match between Real Madrid CF and Juventus FC at Hard Rock Stadium on July 01, 2025 in Miami Gardens, Florida. (Photo by Megan Briggs/Getty Images)

ކްއާޓާރ އިން ރެއާލް ޖާގަ ހޯދައިފި

އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑްކަޕްގެ ކްއާޓަރ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކުރީ ދެވަނަ ބުރުގައި އިޓަލީގެ ޔުވެންޓަސްއާ ބައްދަލުކުރި މެޗުން 1-0 އިން މޮޅުވެގެންނެވެ. މުޅި މެޗުގައިވެސް ގިނަ ހަމަލާ އުފައްދާ މޮޅަށް ކުޅެފައިވަނީ ރެއާލް މެޑްރިޑެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެޓީމުން އުފެއްދި ހަމަލާތައް ވީ ބޭކާރެވެ. ރެއާލް މެޑްރިޑުން ޖެހި ހަމައެކަނި ގޯލު ޖެހީ މެޗުގެ 54 ވަނަ މިނެޓްގައި އެ ޓީމުގެ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާއެވެ. ޔުވެންޓަސްއަށް ވެސް ލަނޑު ޖަހަން ފުރުޞަތު ލިބި ބޭކާރުވިއެވެ.

ކްއާޓަރފައިނަލްގައި ރެއާލްމެޑްރިޑާ ދެކޮޅަށް ކުޅޭނީ ޖަރުމަންގެ ބްރޫޝިއާ ޑޯޓްމަންޑްއެވެ. އެ ޓީމު ކްއާޓަ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގެ ފަހު މެޗުގައި މެކްސިކޯގެ މޮންޓެއްރީ އާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ. ޑޯޓްމަންޑުން ޖެހި ދެ ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައި ގިނީގެ ފޯވާޑް ސެހޫ ގީރާސީއެވެ. މޮންޓެއްރީގެ ގޯލު ޖެހީ ފަހު ހާފުގެ 48 ވަނަ މިނެޓްގައެވެ.

މި މުބާރާތުގެ ކްއާޓާރ ފައިނަލް މެޗުތައް ފަށާނީ 4 ޖުލައި ވާ ހުކުރު ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ