ސިފައިންގެ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ. / ފޮޓޯ: ސިޑިބަރި ފޭސްބުކް ޕޭޖް

އެޗްޑީސީ ކިބައިން ބަދަލުހިފާ ސިފައިން ތަށި ހޯދައިފި

ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން ކްލަބް އެޗްޑީސީ ބަލިކޮށް ވީއޭއެމްކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރެ ކޯޓުގައި ރޭގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ލީޑު ކުރަމުން ދިޔައީ ސިފައިންގެ ޓީމެވެ. ނަމަވެސް ސެޓްގެ ފަހުކޮޅު އެ ޓީމަށް ލީޑު ގެއްލި ދެ ޓީމު ހަމަހަމަވިއެވެ. 24-24 އިން ދެ ޓީމު އެއްވަރުވެފައި ވަނިކޮށް އެޗްޑީސީގެ އެންމެ އިތުބާރު ދެކުޅުންތެރިން ކުޑަ ކާއްޓޭ އާއި ޝަމާއިލު ޖެހި ޝޮޓު ބޭރަށް ގޮސްގެން މި ސެޓް ސިފައިން ކާމިޔާބުކުރީ 26-24 އިންނެވެ. ޖެހިގެން އައި ސެޓްގައި ވެސް ކުރީކޮޅު ލީޑުގައި އޮވެ ކުޅެމުން ގޮސްފައިވަނީ ސިފައިންނެވެ. ނަމަވެސް އެޗްޑީސީގެ ކުޅުންތެރިން ހިއްވަރުކޮށް ދެ ސެޓް ހޯދިއެވެ. މެޗުގެ ދެ ވަނަ ސެޓް އެޗްޑީސީ 25-23 އިން ކާމިޔާބުކުރިއިރު ، 3 ވަނަ ސެޓް އެ ޓީމުން ކާމިޔާބު ކުރީ 25-22 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓްގައި ސިފައިންގެ ޓީމު ފެނުނީ ތަފާތުކޮށްނެވެ. ސެޓް ފަށައިގެން ލީޑު ދަމަހައްޓަމުންގޮސް 8 ޕޮއިންޓްގެ ފަރަގުވެސް ކުރިއެވެ. ނަމަވެސް އެޗްޑީސީ އިން ވަނީ ފަހުކޮޅު ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މި ސެޓް ސިފައިން ފޯރީގައި ކުޅެ ނިންމާލީ 25-20 އިންނެވެ.

އަދި މެޗުގެ ހަތަރުވަނަ ސެޓް ނިންމާލި ފޯރީގައި ފަސްވަނަ ސެޓްވެސް ސިފައިންގެ ޓީމުން ފެށީ ވަރުގަދަކޮށްނެވެ. އަދި ލީޑުގައި އޮވެ މި ސެޓް 15-10 އިން ނިންމާލާ އެންމެ ފަހުގެ ވީއޭއެމްކަޕްގެ ޗެމްޕިއަން ކްލަބް އެޗްޑީސީ ކިބައިން ބަދަލު ހިފާ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިނަލް މެޗުގެ ފަހު ދެ ސެޓްގައި މޮޅު ކުޅުމެއް ދެއްކި ސިފައިންގެ ޓީމަށް ކުޅޭ ބްރެޒިލް ކުޅުންތެރިޔާ ޖާޒީ ނަންބަރު 4 ލުއިސް ފިލިއްޕެއެވެ.

މެޗަށް ފަހު މުބާރާތުގެ ވަނަވަނަޔަށް ދިޔަ ކުޅުންތެރިންނަށް ޓްރޮފީ ދިނުން އޮތެވެ.

  • ބެސްޓް ސެޓަރ ސިފައިންގެ ޓީމުގެ ޙުސައިން ޝާހިދު
  • ބެސްޓް އައުޓްސައިޑް އެޓޭކަރ ކްލަބް އެޗްޑީސީގެ އިސްމާއީލް ސާޖިދު ( ކުޑަ ކާއްޓޭ )
  • ބެސްޓް އައުޓްސައިޑް އެޓޭކަރ ސިފައިންގެ ޓީމުގެ އާދަމް ނަސީމް ( އެޑަމް )
  • ބެސްޓް މިޑްލްބްލޮކަރ ސިފައިންގެ ޓީމުގެ އާދަމް ފައިރޫޒު
  • ބެސްޓް މިޑްލްބްލޮކަރ ކްލަބް އެޗްޑީސީގެ މުޙައްމަދު އަހްސަން
  • ބެސްޓް އޮފޮސިޓް ކުޅުންތެރިޔާ ކްލަބް އެޗްޑީސީގެ ޝަމާއިލް ޙުސައިން
  • ބެސްޓް ލިބަރޯ ހުރާ ކޮމިއުނިޓީ ކްލަބުގެ އަޙްމަދު މުޒްލިފް
  • މޮސްޓް ޕްރޮމިިސިން ކުޅުންތެރިޔާ ހުރާ ކޮމިއުނިޓީ ކްލަބްގެ މުޙައްމަދު ސައިފް އަޙްމަދު
  • ބެސްޓް ކޯޗް ސިފައިންގެ ކްލަބުގެ ކޯޗް ޖުނައިދު ޢަބްދުﷲ
  • ބެސްޓް ފޮރިންގ ކުޅުންތެރިޔާގެ ސިފައިންގެ ޓީމުގެ ލުއިސް ފިލިއްޕެ
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ސިފައިންގެ ޓީމުގެ ސެޓަރ ޙުސައިން ޝާހިދު

 

މި މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުން ހުރާ ކޮމިއުނިޓީ ކްލަބު ސީދާ 3 ސެޓުން ބަލިކޮށް ތިން ވަނަ ހޯދީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އެޓީމުން ސެޓްތައް ގެންދިޔައީ 25-20 ، 25-10 އަދި 25-17 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޢަލީ ހުޒާމެވެ.

ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެޗްޑީސީ އާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބް ވަނީ މިއަހަރު ކުޅޭ ޤައުމީ ވޮލީބޯޅަ ލީގަށް ކޮލިފައިވެފައެވެ. އަދި ކޮލިފިކޭޝަން މެޗުން ސްޕޯޓްސް ކްލަބު ސިޓީ ބަލިކޮށް ޕޮލިސް ކްލަބުވެސް ވަނީ ޤައުމީ ލީގަށް ކޮލިފައިވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ