އިނގިރޭސި ކްލަބް ލިވަރޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. ސްޕެއިންގެ ޒަމޯރާގައި ހިނގި މި އެކްސިޑެންޓްގައި އޭނާގެ ބޭބެ ވެސް މަރުވެފައިވާކަމަށް ބޭރުގެ ޚަބަރުތައް ބުނެއެވެ. ލިވަޕޫލަށް 147 މެޗު ކުޅެ 47 ގޯލު ޖަހާދީފައިވާ ޖޯޓާ ޕޯޗުގަލް ޤައުމީ ޓީމަށް 49 މެޗު ކުޅެ 14 ގޯލު ޖަހައިދީފައިވެއެވެ. ޕްރެމިއަރ ލީގު ގެ އިތުރުން އެފްއޭކަޕާއި ލީގު ކަޕްވެސް ލިވަޕޫލާ އެކު ހޯދާފައިވއެވެ. އަދި ޖޯޓާ އަކީ 2029 ވަނަ އަހަރާއި 2025 ވަނަ އަހަރު ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.
29 އަހަރުގެ ޑިއޭގޯ ޖޯޓާ ކައިވެނި ކުރީ މިއަހަރު ޖޫން މަހުގެ ތެރޭގައެވެ. އޭނާގެ ތިން ކުދިންވެސް ތިބެއެވެ.


