ދިވެހި ސިފައިންގެ ކްލަބް / ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސިފައިންނާއި ޕޮލިހަށް ވެސް މޮޅެއް

ޤައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބު ކުޅުނު ފުރަތަމަ މެޗުން މޮޅު ވެއްޖެއެވެ. ރޭގައި ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށް ސިފައިން ކުޅުނު މެޗުން އެޓީމު މޮޅުވީ 3 ސެޓް 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ލީޑުގައި އޮވެ ސިފައިން ނިންމާލީ 25-20 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓް ހުރާ ޓީމުން ފެނުނީ ވަރުގަދަކޮންނެވެ. މި ސެޓް އެޓީމުން ކާމިޔާބު ކުރީ 25-20 އިންނެވެ. މެޗުގެ ތިންވަނަ ސެޓް ތަފާތު ކުޅުމެއް ދައްކާ ފަސޭހަކަމާއެކު 25-17 އިން މި ސެޓް ގެންދިޔައެވެ. ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓް ފެނުނީ ދެޓީމު އެއްވަރު ވާދަވެރި ކުޅުމެކެވެ. މި ސެޓް ސިފައިން ގެންދިޔައީ 25-23 އިންނެވެ. މި ސެޓްގައި ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ހަމަދު އާއި މޮޅު ކުޅުންތެރިޔާއަށް ހޮވުނު ބްރެޒިލްގެ ލުއިޒް ގެ ކުޅުން ފާހަގަ ކުރެވުނެވެ.

ހުރާ ވަނީ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބު އަތުން މޮޅުވެފައެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ސީދާ ތިން ސެޓުން ޕޮލިސް ކްލަބު ވަނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ. ފުރަތަމަ ސެޓް ޕޮލިސް ފަސޭހަކަމާއެކު 25-14 އިން ގެންދިޔައިރު ދެވަނަ ސެޓް ގެންދިޔައީ 25-22 އިންނެވެ. އަދި ފަހު ސެޓް ގެންދިޔައީ ފަސޭހަކަމާއެކު 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި ގިނަ ހަމަލާތައް ފޮނުވާލާ މޮޅު ކުޅުމެއް ދެއްކި އިންޑިޔާގެ ޤައުމީ ޓީމުގެ ވެސް ކުޅުންތެރިޔެއް ކަމަށްވާ ޗިރާގުއެވެ.

މި މުބާރާތުގައި މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދުލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބެވެ. އަދި މިރޭ 8:30 ގައި ބައްދަލުކުރާނީ ކްލަބް އެޗްޑީސީ އާއި ހުރާ ކޮމިއުނިޓީ ކްލަބެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ