ސިފައިންގެ ކްލަބުގެ ކުޅުންތެރިން / ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސިފައިން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ

ޤައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބު ސީދާ 3 ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބު ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ. 5 ކްލަބު ވާދަކުރާ މި ލީގުގައި ދިވެހި ސިފައިންގެ ކްލަބު ފުރަތަމަ ކުޅުނު މެޗުން ހުރާ ކޮމިއުނިޓީ ކްލަބު އަތުންވެސް ވަނީ މޮޅުވެފައެވެ.

އިއްޔެ ހަވީރު ސިފައިންނާ ޕޮލިހުން ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓް 25-28 އިން ސިފައިން ފަސޭހަކަމާއެކު ގެންދިޔައިރު ދެވަނަ ސެޓްގައި ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ސެޓްގެ ފަހުކޮޅު ސިފައިންގެ ޓީމުން ކުރި އެޓޭކްތައް ނުހުއްޓުވި ޕޮލިހަށް މި ސެޓް ގެއްލުނީ 25-25 އިންނެވެ. މެޗުގެ ފަހު ސެޓްގައި ޕޮލިސް ކްލަބަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސިފައިންގެ ޓީމުން ކުރި ގިނަ ސާވިސްތައް ރިސީވް ނުކުރެވުމެވެ. އެގޮތުން ޚާއްސަކޮށް ސިފައިންގެ ޓީމުގެ އާދަމް ނަސީމް(އެޑަމް) ކުރި ގިނަ ސާވިސްތައް ޕޮލިހަށް ރިސީވް ނުދެވުމުގެ ސަބަބުން ރަނގަޅު ހަމަލާއެއް ނުދެވި މި ސެޓް ސިފައިން ގެންދިޔައީ ތަފާތު ބޮޑުކޮށް 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ލުއިޒްއެވެ.

ލީގުގައި ރޭގައި ކުޅުނީ ކްލަބް އެޗްޑީސީ އާއި ހުރާ ކޮމިއުނިޓީ ކްލަބެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކުރީ ހުރީއެވެ. ފުރަތަމަ ސެޓް 25-19 އިން ހުރާއިން ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް 25-22 އިން ގެންދިޔައީ ކްލަބް އެޗްޑީސީ އިންނެވެ. ޖެހިގެން އައި ދެސެޓް 25-22 އަދި 25-21 އިން ގެންގޮސް ހުރާ އިން މެޗު ކާމިޔާބު ކުރިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރާ ޓީމުގެ ޕޮލެންޑްގެ ކުޅުންތެރިޔާ މިކަލް ވޮކިޗް އެވެ.

ދެން ލީގުގެ ކުޅުން އޮންނާނީ އަންގާރަ ދުވަހުއެވެ. އެ ދުވަހު ހަވީރު ކްލަބު އެޗްޑީސީ އާއި ޕޮލިސް ކްލަބު ވާދަކުރާއިރު ، އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ