ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ރ.އަތޮޅުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސްއިން ހޯދައިފިއެވެ. މި ޖުލައި މަހުގެ 3 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖޯލި މޯލްޑިވްސްގެ އިތުރުން ޖޯލި ބިއިންގ އާއި ކޯރާކޯރާ ބައިވެރިވިއެވެ. ޖޯލި މޯލްޑިވްސް ފައިނަލަށް އައީ އެއްވެސް މެޗަކުން ބަލިނުއެވެ. އިއްޔެ ހަވީރު ޖޯލި މޯލްޑިވްސް ގައި ކުޅުނު ފައިނަލް މެޗުގައި އެޓީމާ ދެކޮޅަށް ކުޅުނީ ޖޯލި ބިއިންގއެވެ. މި މެޗު ޖޯލި މޯލްޑިވްސް ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. ޖޯލި މޯލްޑިވްސްގެ ސެޓްތައް ގެންދިޔައީ 25-19 ، 25-20 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަށާއި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ލަންކާ ކުޅުންތެރިޔާ ތަރިންދު ލަކްމަލްއެވެ.
މުބާރާތުގެ ވަނަތައް
ބެސްޓް އައުޓް ސައިޑް އެޓޭކަރ ތަރިންދު ލަކްމަލް ( ޖޯލި މޯލްޑިވްސް )
ބެސްޓް އައުޓް ސައިޑް އެޓޭކަރ ޝިހާން ލަކްޝިތާ ( ޖޯލި ބިއިންގ )
ބެސްޓް މިޑްލް ބްލޮކަރ ސަޖިތު ލަހިރު ( ޖޯލި ބިއިންގ )
ބެސްޓް މިޑްލް ބްލޮކަރ ޙަސަން ޒައީމް ( ޖޯލި ބިއިންގ )
ބެސްޓް އޮޕޮސިޓް ކުޅުންތެރިޔާ އަކްރަމް ޢަބްދުﷲ ( ޖޯލި މޯލްޑިވްސް )
ބެސްޓް ސެޓަރ ޢަލީ ރަޝީދު ( ޖޯލި މޯލްޑިވްސް )
ބެސްޓް ލިބަރޯ އަލީ ސަމީރު ( ޖޯލި މޯލްޑިވްސް )
އުއްމީދީ ކުޅުންތެރިޔާ ޙަސަން ޒައީމް ( ޖޯލި ބިއިންގ )
ބެސްޓް ކޯޗް ޚާލިދު މުޙައްމަދު ( ޖޯލި މޯލްޑިވްސް )


