15 އޮކްޓޫބަރު 2025
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި، ފޮޓޯ: ޕީއެސްއެމް ނިއުސް

މުޒާހަރާގައި ފުލުހުން ދެއްކެވި ކެތްތެރިކަމަށް މަޖިލިސް ރައީސްގެ ތަޢުރީފު

އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާގައި ޤައުމުގެ ސުލްޙަމަސްލަޙަތު ނަގާލުމަށް ހިންގި ޙަރަކާތްތަކާ ގުޅިގެން، ދިވެހި ފުލުހުން ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތަޢުރީފުކުރައްވައިފިއެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުން ފެށިގެން މަޖީދީމަގާ ހަމައަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިން ވަނީ އެކި ވައްތަރުގެ ހަމަނުޖެހުންތަކެއް ހިންގާފައެވެ. މީގެ ތެރޭގައި ފުލުހުންނާ ދިމާލަށް ފުޅިފަދަ ތަކެތި އުކުމާއި، ފުލުހުންގެ ބެރިކޭޑްތައް ނެގުމާއި އަދި ފުލުހެއްގެ ޝީލްޑް އަތުލުން ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ ސޯޝަލް މީޑިއާގައި ފުލުހުން ޓެގްކުރައްވައި، "ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަސް" ދަންނަވާފައެވެ.

ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ރަނގަޅަށް ކޮންޓްރޯލްކޮށް، އެއްވެސް ވަރަކަށް ހަމަޖެހުން ނަގާލުމުގެ ފުރުސަތު ނުދީ ހިފަހައްޓާފައެވެ. މިކަމުގައި ފުލުހުން ދެއްކި ޕްރޮފެޝަނަލްކަމާއި ކެތްތެރިކަން ފާހަގަކޮށްލެވެއެވެ.

މި މުޒާހަރާއަކީ އެމްޑީޕީއަށް އެއްވެސް ކަމެއް ޙާސިލުވި މުޒާހަރާއެއް ނޫންކަން ފާހަގަކުރެވެއެވެ. އަދި މި މުޒާހަރާގައި ހިނގި ކަންކަމާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު