15 އޮކްޓޫބަރު 2025

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެންމެ ފަހުގެ މަޝްވަރާތައް މިޞްރުގައި ފެށުމަށް ތައްޔާރުވެއްޖެ

ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އެންމެ ފަހުގެ މަޝްވަރާތައް ވިލަރެސް ކުރުމަށް މިޞްރުން ތައްޔާރުވެއްޖެއެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންގެ ވަފުދެއް މިހާރު ވަނީ މިޞްރަށް ޒިޔާރަތްކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްވަރާތަކުގައި، އޭނާ ހުށަހަޅުއްވާފައިވާ 20 މާއްދާގެ މައްޗަށް އެކުލެވޭ ރޭވުމަކާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމަށް ޒަޔަނިސްޓު ދައުލަތުގެ ވަފުދެއް ވެސް މިޞްރުގެ ޝަރްމް އަލް-ޝައިޚަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރަމްޕްގެ ހުށަހެޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނެނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުމެވެ. މި ގޮތުން 48 އަސީރުންގެ ތެރެއިން މިހާރު ދިރިތިބި ކަމަށް ބެލެވޭ 20 އަސީރުން މިނިވަންކުރުމާއި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޔަހޫދީންނާ ހަވާލުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޔޠީނުގެ 1,000 އަށްވުރެ ގިނަ މީހުން މިނިވަންކުރުމަށްވެސް ވަނީ ހުށަހެޅިފައެވެ.

"އަޅުގަނޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި ފުރަތަމަ މަރުޙަލާއަށް އަމަލު ކުރަން ފެށޭނެ," މިހެން ވިދާޅުވަމުން ރައީސް ޓްރަމްޕް ވަނީ މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު