15 އޮކްޓޫބަރު 2025
ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވި ފަލަސްތީނުގެ ކުޑަކުއްޖަކަށް ނޫސެއިރާތުގެ އަލްއައުދާ ހޮސްޕިޓަލުގައި ފަރުވާ ދެނީ [ފޮޓޯ: އަޝްރަފް އަމްރާ/އަނަޑޮލޫ އިމޭޖްސް]

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މިޞްރުގައި މަޝްވަރާތައް ފަށައިފި

ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓާލުމާ ގުޅޭގޮތުން މިޞްރުގެ ރިސޯޓު ރަށް ޝަރްމް އަލް-ޝައިޚުގައި ޙަމާސްއާއި އިސްރާއީލާ ދެމެދު މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތައް ވިލަރެސްކުރަނީ މިޞްރު، ޤަޠަރު އަދި އެމެރިކާ ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 މާއްދާގެ ރޭވުމަށް އިސްރާއީލުން ވަނީ ރުހުން ފާޅުކޮށްފައެވެ. އަދި ޙަމާސްއިން ވެސް ގިނަ މާއްދާތަކަށް އެއްބަސްވާނެކަމަށް ބުނެފައިވެއެވެ. މި ރޭވުމުގެ ދަށުން، ޙަމާސްއިން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައިވާ އެންމެހައި އަސީރުން ދޫކޮށްލުމަށާއި، މަރުވެފައިވާ އަސީރުންގެ ހަށިތައް އިސްރާއީލާ ޙަވާލުކުރުމަށް އެއްބަސްވެފައެވެ.

އެހެންނަމަވެސް، ދެފަރާތުގެ ދެމެދުގައި އަދިވެސް މުހިންމު ދެބަސްވުންތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި ޣައްޒާއިން އިސްރާއީލީ ސިފައިން ފޭބުމުގެ ތާވަލާއި، ޙަމާސްއިން ހަތިޔާރު ދޫކޮށްލުމުގެ މައްސަލަ ހިމެނެއެވެ.

"އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެވޭނެ އެއްބަސްވުމަކަށް ވެގެންދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

މި މަޝްވަރާތައް ކުރިއަށްދަނިކޮށްވެސް، ޣައްޒާއަށް އިސްރާއީލީ ޙަމަލާތައް ދަނީ ހަރުދަނާވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިންގި ޙަމަލާތަކުގައި 19 މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް މި ޢުދުވާނީ ޙަމަލާތަކުގައި ފަލަސްޠީނުގެ 67,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 158,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު