15 އޮކްޓޫބަރު 2025
"ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" އިފްތިތާޙްކޮށްފި، ފޮޓޯ: ޕީއެސްއެމް

"ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" ރަސްމީކޮށް އިފްތިތާޙްކޮށްފި

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން އެ ކުންފުނީގެ ފުރަތަމަ އިންވެސްޓްމަންޓް ފަންޑު "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" (ދިނަފް) މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ފަންޑު އިފްތިތާޙްކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކެވެ.

ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދޫކޮށްފައިވާ މި ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 މަހާއި 3 އަހަރާ ދެމެދުގެ މުއްދަތުގެ އިންވެސްޓްމަންޓް ފުރުސަތުތަކަށެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

"މި ފަންޑު ލޯންޗްކުރާއިރުވެސް ދަންނަވާލަން ބޭނުންވަނީ މިހާތަނަށް ރާއްޖޭގައި ޝޯޓް ޓާމް އިންވެސްޓްމަންޓް ފަންޑަކުން ލިބޭ އެންމެ ރަނގަޅު ފިކްސްޑް ރިޓާން މި ފަންޑު މެދުވެރިކޮށް ލިބިދޭނެ" ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއާމަން އަބްދުލްވާހިދު ތައުފީޤު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި މި ފަންޑު ޕަބްލިކް ފަންޑަކަށް ބަދަލުކޮށް، އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ވިސްނުން ހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފަންޑު އިފްތިތާޙުކުރުމާއެކު، ރާއްޖޭގެ ޕްރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން ޤަބޫލުކުރައްވައެވެ. އަދި އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކަށްވުރެ ރަނގަޅު ނަފާއެއް މި ފަންޑު މެދުވެރިކޮށް ލިބިގެންދާނެއެވެ.

"ދިނަފް" އަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރިޓާން ލިބޭ ގޮތަށް އިންވެސްޓުކުރަން ލިބޭ ފުރުސަތެކެވެ. ޕްރައިވެޓް އިންވެސްޓަރުންނަށް ހުޅުވާލައި، ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކަށް ވުރެ ރަނގަޅު ރިޓާންއެއް ލިބޭ ގޮތަށް، އިންވެސްޓަރުންނަށް އިންވެސްޓުމަންޓުތައް ޑައިވާސިފައި ކުރެވޭނެހެން މީގައި ވަނީ ފަރުމާކޮށްފައެވެ.

އަދި، މި ފަންޑުގެ ދަށުން ސްޓްރަކްޗާޑް ފައިނޭންސިން އިންސްޓްރޫމަންޓުތައް މެދުވެރިކޮށް ރަނގަޅު ރިޓާންއެއް ލިބޭނެ ގޮތަށް ރިއަލްއެސްޓޭޓް، ކޮންސްޓްރަކްޝަން، ޓޫރިޒަމް، ހޮސްޕިޓާލިޓީ، އިންފްރާސްޓްރަކްޗާ އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކަށް ފައިނޭންސިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު