ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކެއް ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. 2021 ވަނަ އަހަރު ކުރީގެ ސަރުކާރުން ވިއްކި 500 މިލިޔަން ޑޮލަރު ސުކޫކުގެ އޮކްޓޯބަރު މަހަށް ދައްކަންޖެހޭ 24.6 މިލިޔަން ޑޮލަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދައްކާފައެވެ. މިއީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމުގައި ގެންގުޅޭ ޒިންމާދާރު ސިޔާސަތުގެ ހެއްކެކެވެ.
500 މިލިޔަން ޑޮލަރުގެ ސުކޫކަށް ފައިސާ ދައްކަންޖެހެނީ އަހަރަކު ދެފަހަރުއެވެ. މިގޮތުން ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އެޕްރީލް އަދި އޮކްޓޯބަރު މަހު ފައިސާ ދައްކަމުން ގެންދެއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގައެވެ. މާލީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، ސުކޫކަށް ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތަށް މިހާތަނަށް ވެސް ފައިސާ ދައްކަމުން ގެންދެއެވެ. އެންމެފަހުގެ ކޫޕަންގެ ގޮތުގައި 25 މިލިޔަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޮކްޓޯބަރު މަހުގެ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ދޭ އިސްކަމެވެ. ސުކޫކުގެ ފައިސާ ގަވާއިދުން ދެއްކުމަކީ ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެކެވެ. މިކަމުގައި ސަރުކާރުން ދައްކަމުންދާ ޒިންމާދާރުކަމަކީ ޤައުމުގެ މާލީ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.
އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ ސެޓްލްމަންޓަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ޔަޤީންކަން ދެއްވާފައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ސުކޫކަށް ފައިސާ ދެއްކުމުގެ ތަވާލާއި އެއްގޮތަށް މިހާތަނަށްވެސް ސުކޫކަށް ފައިސާ ދައްކަމުންދާ ކަމަށެވެ. އެގޮތުން އެންމެފަހުގެ ކޫޕަންނަށްވާ ފައިސާ ގޮތުގައި 25 މިލިޔަން ޑޮލަރު ދައްކަންޖެހޭކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މިއަދަދާއެކު ސުކޫކުގެ ޖުމްލަ އަދަދުކަމަށްވާ 500 މިލިޔަން ޑޮލަރުއަންނަ އަހަރު އެޕްރީލްގައި މުއްދަތު ހަމަވާއިރަށް ދައްކާ ނިންމާނެ ކަމުގެ ޔަޤީންކަން މާލީ ވުޒާރާއިން ވަނީ ދީފައެވެ. ސަރުކާރުން ސުކޫކުގެ ފައިސާ ދެއްކުމުގައި ދައްކަމުންދާ ޒިންމާދާރުކަމަކީ ޤައުމުގެ މާލީ ހަރުދަނާކަން ދަމަހައްޓައި، ބައިނަލްއަޤްވާމީ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ ޒިންމާދާރު ސިޔާސަތުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އުއްމީދީ މަންޒަރެއް ކުރަހައިދޭ ކަމެކެވެ.