15 އޮކްޓޫބަރު 2025

ޣައްޒާ އެއްބަސްވުން ތަންފީޒުކުރުމުގައި އެހީތެރިވާން އެމެރިކާއިން 200 ސިފައިން ފޮނުވަނީ

ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓުވުމަށް ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމަށް އެމެރިކާގެ 200 ސިފައިން ފޮނުވަން ނިންމައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހުއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މި ސިފައިން ތިބޭނީ ޒަޔަނިސްޓު ދައުލަތުގައެވެ. އަދި އެއްވެސް ހާލެއްގައި ޣައްޒާއަށް ނުވަންނާނެއެވެ. މި ޤަތުލުޢާންމުގައި މިހާތަނަށް 67،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.

އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރާނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ދަށުން ހިންގާ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ) އިންނެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ޣައްޒާއަށް އިންސާނީ އެހީއާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާކޮށް ބެލެހެއްޓުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވި ގޮތުގައި، "ސީއެމްސީސީގެ މައިގަނޑު މަޤްޞަދަކީ ޙަމާސްއާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުން ރަނގަޅަށް ތަންފީޒުކުރެވޭކަން ކަށަވަރުކުރުމެވެ."

މި މަސައްކަތުގައި މިޞްރު، ޤަޠަރު، ތުރުކީވިލާތް އަދި އެކުވެރި ޢަރަބި އިމާރާތުގެ ސިފައިންވެސް ބައިވެރިވާނެއެވެ. އެއްބަސްވުމުގެ ދަށުން، ޙަމާސްގެ ބެލުމުގެ ދަށުގައިވާ 48 އަސީރުން މިނިވަންކުރުމުގެ މަސައްކަތް އޮކްޓޫބަރު 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު