ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް 1 އިން މެލޭޝިއާ އެއަރލައިންސްއަށް ޚިދުމަތްދޭން ފަށައިފިއެވެ. މިއީ މިއަހަރުގެ ޖުލައި 26 ގައި ހުޅުވުނު އައު ޓާމިނަލުން ޚިދުމަތް ދޭން ފަށާ އެންމެ ފަހުގެ އެއަރލައިންއެވެ.
މެލޭޝިއާ އެއަރލައިންސްއަށް އައު ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދިނުމުގެ އިތުރުން، އެ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފިނިފެންމާވެސް ބެހިއެވެ.
We welcomed Malaysia Airlines to Terminal 1 at Velana International Airport with a ceremonial water salute, marking another step forward in enhancing passenger experience and international connectivity. pic.twitter.com/IK47A8APBo
— Maldives Airports Company Ltd (@MACLmedia) October 11, 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓާމިނަލް 1 އަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލްގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރާއި، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސަރވިސް ކިއޮސްކް ވަނީ ޤާއިމްކޮށްފައެވެ. އަދި 12 އެއިރޯ ބްރިޖްވެސް މި ޓާމިނަލްގައި ހުރެއެވެ.
އައު ޓާމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ އައު ޓާމިނަލަށް ބަދަލުކުރަމުންނެވެ. މިގޮތުން މިދިޔަ މަހު ބެއިޖިންގ ކެޕިޓަލް އެއަލައިންސް އަދި އިންޑިގޯ އެއަރލައިންވެސް ވަނީ ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށާފައެވެ.