15 އޮކްޓޫބަރު 2025
ވިޔަފާރިކުރަމުންދާ ތަންތަން އަމާާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ، ފޮޓޯ: އިމިގްރޭޝަން

ބާޠިލުކުރާ ވަރކް ޕާމިޓް ކޯޓާ ރިލީޒްކުރާނީ ހުރިހާ ފީއެއް ދައްކައި ޚަލާސްކުރުމުން: ދާޚިލީ ވުޒާރާ

ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާ ނުދައްކައިގެން ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރާނީ، އެ ޕަރމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ޚަލާޞްކުރުމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވަރކް ޕަރމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މިއަދުން ފެށިގެން ވަރކް ޕަރމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާޞްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވަރކް ޕަރމިޓްތައް ބާޠިލުކުރެވޭނެ ކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވާއިރު، ގަވައިދުން ފީތައް ދައްކަމުން ދަނީ 7،900އެއްހާ މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ.

އެ ވުޒާރާއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ބިދޭސީންނާ ގުޅޭ ފީތަކުގެ ގޮތުގައި ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްތްތަކެއް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.

މިހާތަނަށް އެ ވުޒާރާއިން ވަނީ ރާއްޖޭގައި ދިރިއުޅެމުންދާ 177،000އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު