15 އޮކްޓޫބަރު 2025
ށ.ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުހެދުން އެމްޓީސީސީއަށް، ފޮޓޯ: ރައީސް އޮފިސް

ށ. ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުހެދުން އެމްޓީސީސީއަށް

ށ.ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރުިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މި މަސައްކަތުގެދަށުން ފޭދޫގެ ގިރާ ސަރަޙައްދު އިއާދަކޮށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް އެރަށުގެ މަގުތައް ތަރައްޤީކުރާނެއެވެ.

އަދި، އެ ރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 116.9މިލިޔަން ރުފިޔާއަށް، 1 އަހަރާ 7 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 25.1 މިލިޔަން ރުފިޔާއަށެވެ.

މި މަސައްކަތުގެދަށުން 320 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 340 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފަވަނީ 5 މަސް ދުވަހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު