15 އޮކްޓޫބަރު 2025
ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށް ތަމްރީނުކުރުމަށް ފަހުމުނާމާއެއް، ފޮޓޯ: ހަޔަރ އެޑިޔުކޭޝަން

ބޭރު ބަސްބަހުން މުއާމަލާތުކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށް ތަމްރީނުކުރުމަށް ފަހުމުނާމާއެއް

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ދެމެދުގައި ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ގުޅޭ ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ގިނައިން މުޚާތަބުކުރާ ބަސްބަހުން މުޢާމަލާތްކުރުމަށް ބޭނުންވާ ތަމްރީނު ދިވެހީންނަށް ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން، ޖުމްލަ 625 ދިވެހި ދަރިވަރުންނަށް ބޭރުގެ އެކި ބަސްބަސް ދަސްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ދިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ވަޢުދެކެވެ. ބޭރުގެ ގިނަ ބަހުރުވަތަކުން ވާހަކަދެއްކުމުގެ ތަމްރީނު ލިބިފައިވާ ގިނަ ދިވެހިން ތަމްރީނުވެގެން ދިޔުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި އިޤްތިޞާދަށް ލިބިގެންދާ ކުރިއެރުމެއް ކަމަށްވެސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު