މިފަހަރު ފިޠުރު ޢީދުގައި އީދު އަލި ދިއްލުން ހަމައެކަނި ސިޓީތަކުގައި

ކުރިއަށް އޮތް ފިޠުރު ޢީދާ ދިމާކޮށް ރާއްޖޭގެ ރަށްތައް ޒީނަތްތެރިކުރުމަށް ހިންގާ 'ޢީދު އަލި' ހަރަކާތް، އިޤްތިޞާދީ ގޮންޖެހުންތަކާ ހުރެ ހަމައެކަނި ރާއްޖޭގެ ފަސް ސިޓީއެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތަށް ނިންމެވީ މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ އިޤްތިޞާދީ އަސަރުތަކަށް ރިއާޔަތްކޮށް، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހާމަކުރެއްވި ގޮތުގައި، މިފަހަރު ޢީދު ބޮކިތަކުން ދިއްލާލާނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ. މީގެ ކުރިން 60 އަށްވުރެ ގިނަ ރަށްރަށުގައި މި ހަރަކާތް ހިންގާފައިވީ ނަމަވެސް، މިފަހަރު މިވަނީ ވަކި ސަރަހައްދުތަކަކަށް މިކަން ހަނިކޮށްފައެވެ.

ޢީދު ބޮކިފަތި ދިއްލުމުގެ މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ފެއްޓެވި ކަމެކެވެ. ރަށްރަށުގައި ބޮކިފަތި ދިއްލުން މަދުކުރި ނަމަވެސް، ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ 'ޢީދު ހަވީރު' ހަރަކާތްތައް މިއަހަރުވެސް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ތަފާތު ތީމުތަކަށް ތައްޔާރުކުރާ ސްޓޯލްތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތައް ހިމެނޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު