ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ 21 މައުރަޒެއްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސްއިން ފުރުސަތު ހުޅުވާލައިފިއެވެ. މިއީ މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށާއި، ދުރާލާ ތައްޔާރުވުމަށް އަޅާ ސްޓްރެޓީޖިކް ފިޔަވަޅެކެވެ.

މި މައުރަޒުތަކުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި، ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިގޮތުން ބައިވެރިވުމަށް ހަމަޖެހިފައިވާ މައުރަޒުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ތުރުކީ، އަދި އެމެރިކާ ފަދަ މުހިންމު މާކެޓްތަކުގައި ބާއްވާ އެކްސްޕޯތަކާއި ފެއަރތައް ހިމެނެއެވެ. މީގެ ތެރޭގައި އައިޓީބީ ޗައިނާ، ޓީޓީއެފް މުމްބާއީ، އަދި އައިޓީބީ އޭޝިއާ ފަދަ ބޮޑެތި މައުރަޒުތައް ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބަޔާންކުރާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް، ފަތުރުވެރިކަމަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ސިނާޢަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު