ބީއެމްއެލްއިން ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢާއެކު އެތައް ޖީލަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ބީއެމްއެލްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓަކީ، ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ ރޭ ވަނީ އަޅާފައެވެ. މި މަޝްރޫޢަކީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަސައްކަތެކެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް އެތައް ޖީލަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި ވިލިމާލޭގައި 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ނިންމެވީ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށެވެ.
ސަރުކާރުގެ އަމާޒަކީ ވިލިމާލެއަކީވެސް މާލެއާއި ހުޅުމާލެއާ އެއް ފެންވަރެއްގެ ޚިދުމަތްތަކާއި ވަސީލަތްތައް ހުރި ތަނަކަށް ހެދުމެވެ. މި މަޝްރޫޢުގެ ދަށުން 17 ފަންގިފިލާގެ ތިން ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ޙަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.


