ހޮރްމޫޒް ކަނޑުއޮޅި، ފޮޓޯ: ރޮއިޓަރސް

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި؛ ރައްދުގައި އެމެރިކާއިން ބޮންއަޅަން ފަށައި ހަނގުރާމައަކަށް!

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) ގެ ކަނޑުގެ ސިފައިން ހުރްމުޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފި ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާ، އައިއާރްއައިބީ އިން ރިޕޯޓްކޮށްފިއެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރްމުޒް ކަނޑުއޮޅިއަކީ "ޣައިރު ޤާނޫނީ" މަގެއް ކަމަށާއި، ބޭރުގެ ނުފޫޒުތަކަށް އެ ސަރަޙައްދުން ޖާގައެއް ނުދޭނެ ކަމަށެވެ. އަދި އިންޒާރުތަކަށް ބޯނުލަނބާ، މުއާސަލާތީ ނިޒާމުތައް ނިއްވާލައިގެން ދަތުރުކުރި އުޅަނދަކަށް އިންޒާރުގެ ބަޑީގެ ޙަމަލާތަކެއް ދިނުމަށްފަހު މިއަދު (އާދީއްތަ ދުވަހު) ހެނދުނު އެ އުޅަނދު ހުއްޓުވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އީރާނުން ބުނީ އެ ސަރަޙައްދުން އެމެރިކާގެ ނުފޫޒުތައް ކެނޑެންދެން އެއްވެސް އުޅަނދަކަށް ދަތުރުކުރުމުގެ ހުއްދަ ނުދޭނެ ކަމަށާއި، އާ ޙަމަލާއެއް އަތުވެއްޖެނަމަ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ ސެންޓްކޮމްއިން ވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއްގެ ތިންވަނަ ބުރު ފަށާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އިރުޝާދުގެ ދަށުން ދޭ މި ޙަމަލާތަކާ ގުޅިގެން ސެންޓްކޮމްއިން ބުނީ، މިދިޔަ ޖޫން 16 ގައި ސޮއިކުރި ސުލްހައިގެ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށެވެ. އަދި މިއީ އާންމު ވިޔަފާރި އުޅަނދުތަކަށް ޙަމަލާދިނުމަށް އީރާނަށް އޮތް ޤާބިލުކަން ނައްތާލުމަށް ދޭ ބޮޑު އަދަބެއް ކަމަށް އެމެރިކާއިން ބުނެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ ޙަމަލާތަކާއެކު އެ ޤައުމުގެ ދެކުނުގެ ބަނދަރުމަތީ ސިޓީތަކަށް ދަނީ ބޮންއަޅަމުންނެވެ. އެގޮތުން ބަނޑަރު އައްބާސް އަދި ސީރިކްއިން ކޮންމެ ރަށަކުން 3 ގޮވުމެއްގެ އަޑު އިވިފައިވާއިރު، ޗާބަހާރުން 2 ގޮވުން، ބޫޝެހްރު ޕްރޮވިންސްގެ ބަނޑަރު-އެ ދޭރުން 5 ގޮވުން އަދި އަސަލޫޔޭ ސިޓީން 4 ގޮވުމެއްގެ އަޑު ވަނީ އިވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ