ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ޕީއެސްއެމް ނިއުސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވައިފި

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށާއި، ޑިމޮކްރަސީގެ އުޞޫލުތައް ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މެޑަމް ސާޖިދާ ވިދާޅުވީ، "މިއަދަކީ ނޫސްވެރިންނާއި މިނިވަން މީޑިއާތަކުގެ ފަންނީ އަޚުލާޤާ މެދު ފިކުރު ހިންގަންޖެހޭ ދުވަހެއް" ކަމަށެވެ. އަދި ނޫސްވެރިކަމުގެ އަސާސީ އުޞޫލުތަކަށް ބޯލަނބާ، ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޙަޤީޤަތް ހޯދުމަށާއި، މަޢުލޫމާތު ފެތުރުމުގައި ސައްޙަކަން ކަށަވަރުކުރުމަށާއި، އިންސާފުވެރިކަމާއި ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހުރިހާ ނޫސްވެރިންނަށް ހެޔޮއެދުންތައް ފޮނުއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ