މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ތެރެއިން އެއް ޙާޖީއަކު ފިޔަވައި ހުރިހާ ބޭފުޅުން ޢަރަފާތް ބިމަށް ވަދެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ޢަރަފާތަށް އަދި ވަޑައިނުގެންނެވޭ ހަމައެކަނި ޙާޖީއަކީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ބޭފުޅެކެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ އެ ބޭފުޅާވެސް ޢަރަފާތް ބިމަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ޙާޖީއާއެކު ޙައްޖު ކޯޕަރޭޝަންގެ އެހީތެރިން ޙަރަކާތްތެރިވަމުންދާ ކަމަށާއި، ދިވެހި ޙައްޖުވެރިންގެ ހުރިހާ ކަމެއްވެސް ދަނީ ވަރަށް އޮމާންކަމާއެކު ރަނގަޅަށް ކަމަށް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.


