އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ތަރައްޤީކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ބޭނުންވާ އިންޖީނުތައް ހެދުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ޖުމްލަ 26 މެގަވޮޓްގެ މި އައު އިންޖީނުގެގޭގެ މަސައްކަތް ނިމި، އަންނަ އަހަރުގެ މެދުތެރޭގައި ކޮމިޝަން ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ބެލްޖިއަމްގެ އޭބީސީ ބްރޭންޑްގެ 5.2 މެގަވޮޓްގެ 4 ޖެނެރޭޓަރު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި އިންޖީނުތަކަކީ މިހާރު ބޭނުންކުރާ ހައި-ސްޕީޑް އިންޖީނުތަކާ ޚިލާފަށް، ދިގު މުއްދަތަކަށް ކަރަންޓު ހިފެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ ލޯ-ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ.
ފެނަކައިން ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ނިމެންވާއިރަށް، އައްޑޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި މިދިޔަ މަހުވެސް އެ ސިޓީގައި 1.8 މެގަވޮޓްގެ ޖަނެރޭޓަރެއް އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފަށާފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.


