އީރާނާއެކު ވީ ސުލްޙައިގެ އެއްބަސްވުން އުވާލިކަން ޓްރަމްޕް އިޢުލާނުކޮށްފި، ތެލުގެ އަގު 6 އިންސައްތަ މައްޗަށް!

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓުތަކަކަށް ދިން ޙަމަލާތަކުގެ ރައްދުގައި، އެމެރިކާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދިނުމާ ގުޅިގެން މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް، އީރާނާއެކު ޤާއިމުކޮށްފައިވާ ސުލްޙައިގެ އިބްތިދާޢީ އެއްބަސްވުން އުވާލާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ. ޓްރަމްޕް މިކަން އިޢުލާނުކުރައްވާފައިވަނީ ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ ނޭޓޯ ސަމިޓުގެ ތެރެއިންނެވެ. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 6 އިންސައްތަ އުފުލިފައެވެ.

އެއްބަސްވުން އުވާލެއްވިކަން އިޢުލާނުކުރައްވަމުން ޓްރަމްޕް ވަނީ އީރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ޤައުމާއެކު ދެން އެއްވެސް މަޝްވަރާއެއް ކުރަން ބޭނުންނުވާކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅޭގޮތުން އީރާނުން އަދި ސީދާ ރަސްމީ ބަހެއް ބުނެފައިނުވި ނަމަވެސް، ސުލްޙައިގެ އެއްބަސްވުމާ ފުރަތަމަ ޚިލާފުވީ އެމެރިކާއިން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާއިން އީރާނަށް ދިން ޙަމަލާތަކުގެ ރައްދުގައި، އީރާނުން ވެސް ވަނީ ބަޙްރަޔިނާއި ކުވަޔިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފައެވެ.

ތެޔޮ އުފުލާ ބޯޓުފަހަރަށް ޙަމަލާދިން ކަމަށް ކުރެވޭ ތުހުމަތުތައް އީރާނުން ދޮގުކުރެއެވެ. ނަމަވެސް ބައެއް ޤައުމުތަކުން ދަނީ އީރާނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ޤުދުރަތީ ގޭސް (އެލްއެންޖީ) އުފުލާ ޤަޠަރުގެ ބޯޓެއް ކަމަށްވާ 'އަލް-ރަޤާޔާތު' އަށް ޑްރޯން ޙަމަލާއެއް ދިނީ އީރާނުން ކަމަށް ދަވްޙާއިން ތުހުމަތުކުރެއެވެ. އަދި، ޢުމާން ކައިރިން ދަތުރުކުރި ސަޢޫދީ ޢަރަބިއްޔާގެ 'ވަޔިދިޔާން' ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓަކަށް ވެސް މި ދަނޑިވަޅުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަނޑުގެ ސަލާމަތާ ބެހޭ މަޞްދަރުތަކުން ބުނެއެވެ.

މި ހާދިސާތަކުގެ ސަބަބުން މެދުއިރުމަތީގެ ސަލާމަތީ މަސްރަޙަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ވެރިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޢީރަަނަކީ ދުނިޔެއަށް އަދި މުސްލިމް ގައުމުތަކަށް ދިމާވެފައިވާ ބޮޑު ދުއްޕާނެކެވެ. އެމެރިކާ އަތުން ނަމަވެސް މައިތިރި ކުރަން ޖެހިފައިވާ ގައުމެކެވެ. ދެން އެމެރިކާ ހަމަލާ ދިނީމަވެސް މިމީހުނަށް އެމެރިކާއަށް ހަމަލަ ނުދެވުނީމަ ހަމަލަ ދޭނީ އަވައްޓެރި މުސްލިމް ގައުމު ތަކަށެވެ. މިމީހުނަށް ﷲ ލައުނަތް ލައްވާދޭވެ. ޢާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ