އައިލެންޑް އޭވިއޭޝަން އައު އޮފީސް އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ، ފޮޓޯ: ޕީއެސްއެމް ނިއުސް

އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންނަށް ހުޅުމާލޭގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތައް ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ޑިޒައިންކޮށް، އަޅައިދޭނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވާން ޖެހެއެވެ.

އައިލެންޑް އެވިއޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢަށް ޚާއްޞަކޮށްފައިވަނީ 20,819 އަކަފޫޓުގެ ބިމެކެވެ.

މި ހައުސިން ޔުނިޓްތަކުގެ ތަފްޞީލު:

  • އިމާރާތުގެ ބޮޑުމިން: 14 ފަންގިފިލާގެ މިއިމާރާތުގައި ވިޔަފާރި ޖާގަތަކާއި ޕާކިންގ ހިމެނެއެވެ.

  • އެޕާޓްމަންޓްތައް ބެހިގެންވާ ގޮތް: ޖުމްލަ ފްލެޓްތަކުގެ %30 އަކީ 2 ކޮޓަރީގެ އެޕާޓްމަންޓެވެ. %60 އަކީ 3 ކޮޓަރީގެ އެޕާޓްމަންޓެވެ. އަދި ބާކީ %10 އަކީ 4 ކޮޓަރީގެ އެޕާޓްމަންޓެވެ.

މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ އިތުރުން، އައިލެންޑް އެވިއޭޝަންގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށްޓަކައި ހުޅުމާލޭގައި މައި އޮފީހެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. ބޭސްމެންޓާއެކު 12 ފަންގިފިލާއަށް ހަދާ އެ އޮފީސް އިމާރާތުގެ ބޭސްމެންޓް މުވައްޒަފުންގެ ޕާކިންގއަށް ޚާއްޞަކުރާއިރު، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ