ޒުވާން ޚަޠީބުންގެ 3 ވަނަ ޕްރޮގްރާމް ފުރިހަމަކުރި 269 ޚަޠީބުންނަށް ސަނަދު ހަވާލުކުރުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބުންގެ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މީގެކުރިން ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މި މަހުގެ 15 އެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ބާއްވާ ޚާއްޞަ ޙަރަކާތެކެވެ.

މި މަހާސިންތާގައި ބައިވެރިވެވޭނީ:

  • ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ފަރާތްތަކަށް.

  • ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށް.

  • މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ، އުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނަށް.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ. ޔާސިރު އައްދައުސަރީ ވަޑައިގަންނަވާނެއެވެ. މިއީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ޒުވާން ޚަޠީބުންނާއި ޙާފިޒުން ތައްޔާރުކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. ރާއްޖޭގައި މިހާތަނަށް 621 ޒުވާން ޚަޠީބުންނާއި 310 ޙާފިޛުން ތަމްރީންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ