ރާއްޖެއަށް ޕޭޕަލް (PayPal) ގެ ޚިދުމަތް އުރީދޫއިން ރަސްމީކޮށް ތަޢާރަފްކުރުން، ފޮޓޯ: ރައީސް އޮފީސް

ޕޭޕަލް ޚިދުމަތާ 3،800 އަށްވުރެ ގިނަ ފަރާތުން ގުޅިއްޖެ

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރި ފަހުން މިހާތަނަށް 3,800 އަށްވުރެ ގިނަ ފަރާތުން އެކައުންޓް އެކްޓިވޭޓްކޮށް، މުޢާމަލާތްތައް ފަށާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ހިމެނޭހެން އީ-ވޮލެޓް ތަޢާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 15 ގައި ރަސްމީކޮށް ފެށި މި ޚިދުމަތް ރާއްޖޭގައި ދެމުންދަނީ ޕޭޕަލް އާއި އުރީދޫ ގުޅިގެން، އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މީގެކުރިން ރާއްޖެއިން ބޭރުން ފައިސާ ލިބުމުގައި ވިޔަފާރިތަކަށް ހުރި ދަތިތަކަށް މިކަމުގެ ސަބަބުން ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

މި ޚިދުމަތުގެ ސަބަބުން ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ކަސްޓަމަރުންގެ އަތުން ޑޮލަރުން ފައިސާ ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. އުރީދޫން ހާމަކުރާ ގޮތުގައި، ދުނިޔޭގެ މާލީ ވިއުގައާ ރާއްޖެ ގުޅާލަދިން މި ޚިދުމަތާއެކު، ރާއްޖެ މިހާރު ވެގެންގޮސްފައިވަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްތިޞާދުތަކުގެ ތެރެއިން އެއް ޤައުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ