ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓް އަޅަން ދިވެހި ފަސް ކުންފުންޏަކާ ޙަވާލުކުރުމުގެ ތެރެއިން، ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކާ ޙަވާލުކޮށްފި

އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ޚާއްޞަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން ހުޅުމާލޭގައި 1,000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުންތަކުގައި ދިވެހި ފަސް ކުންފުންޏަކާއެކު ހައުސިންގ މިނިސްޓްރީން ސޮއިކޮށްފިއެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. މި މަޝްރޫޢުތައް ޙަވާލުކުރީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ކުންފުނިތަކާއެވެ.

މަޝްރޫޢު ޙަވާލުކުރި ކުންފުނިތައް:

  • އެސްޖޭ ކޮންސްޓްރަކްޝަން

  • ޖޭވީ ޕާޓްނާޝިޕް (ވަން ރިއަލިޓީ އަދި މެޑްޓެކް މޯލްޑިވްސް)

  • އަމިން ކޮންސްޓްރަކްޝަން

  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)

  • ޖޭވީ ޕާޓްނާޝިޕް (ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް)

ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފްލެޓްތައް އެޅުމަށް ނިންމާފައިވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައެވެ. މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 2 އަހަރާއި 5 މަސް ދުވަހެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

މި ސްކީމުގެ ދަށުން 2 ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް އަތްފޯރާފަށެއްގައި ގެދޮރު ގަތުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ