ޗައިނާގެ ޝަންހާއީގައި ބޭއްވުނު ވޯލްޑް އޭއައި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެހެން ބައިވެރިންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން— 17 ޖުލައި 2026 [އެންގް ހޭން ގުއާން/ރޮއިޓާސް]

ބައިނަލްއަޤުވާމީ އޭއައި ޖަމްޢިއްޔާ "ޑަބްލިޔުއޭއައިސީއޯ" އުފެއްދުމަށް 29 ޤައުމަކުން ސޮއިކޮށްފި

ދުނިޔޭގެ އާޓިފިޝަލް އިންޓެލިޖަންސް ޖަމްޢިއްޔާ، "ޑަބްލިޔުއޭއައިސީއޯ" އުފެއްދުމަށްޓަކައި ޗައިނާގެ ޝަންހާއީގައި ބޭއްވި ރަސްމިއްޔާތެއްގައި 29 ޤައުމަކުން ބައިނަލްއަޤުވާމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރި ބާނީ ޤައުމުތަކުގެ ތެރޭގައި ޗައިނާ، ކަޒަކިސްތާން، ލާއޯސް، ޕާކިސްތާން، ރަޝިޔާ އަދި އިންޑޮނޭޝިޔާ ހިމެނެއެވެ. މި ޖަމްޢިއްޔާގެ މައި އޮފީސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޝަންހާއީގައެވެ. ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރެސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކަކީ:

  • ޤައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި މިނިވަން، ބައިނަލްއަޤުވާމީ މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްކުރުން.

  • އދގެ ޗާޓަރުގެ މަޤްޞަދުތައް ދަމަހައްޓައި، ދުނިޔޭގެ ބޮޑެތި މައްސަލަތައް ޞުލްޙަވެރިކަމާއި މަޝްވަރާގެ މަގުން ޙައްލުކުރުން.

  • ވަކި ޤައުމެއްގެ މަޞްލަޙަތުގެ ބަދަލުގައި، ޢާންމުންނަށް އިސްކަންދީގެން ހުރިހާ ޤައުމަކަށް ފައިދާވާނެ އުޞޫލުތަކެއް ގެންގުޅުން.

  • އޭއައި (AI) ގެ ދާއިރާއިން ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި އުޞޫލުތައް އެކުލަވައިލުން.

  • އޭއައި އަކީ ރައްކާތެރި، އިންސާފުވެރި އަދި އިންސާނީ ދަރިފަސްކޮޅަށް ފައިދާހުރި ޓެކްނޮލޮޖީއެއްގެ ގޮތުގައި ރޭވުންތެރިކަމާއެކު ކުރިއެރުވުން.

ޑަބްލިޔުއޭއައިސީއޯ އުފެއްދުމަށް ޗައިނާއިން ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި ޖަމްޢިއްޔާ މެދުވެރިކޮށް އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ