ނ. ކެނދިކުޅުދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކު، ފޮޓޯ: އާރްޑީސީ

ނ. ކެނދިކުޅުދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ނ. ކެނދިކުޅުދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވާ ކަމަށް މި މަޝްރޫޢު ކުރިއަށްގެންދިޔަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ. މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢަށް ޖުމްލަ 420,000 ރުފިޔާ ޚަރަދުވެފައިވެއެވެ. އާރުޑީސީއާ އެކު މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ 29 މާރިޗު 2024 ގައެވެ. މި މަޝްރޫޢުގެ ދަށުން ޕާކުގެ ލޭންޑްސްކޭޕިންގ އަދި ހާޑްސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ކުޑަކުދިން ކުޅޭނެ ޕާކު ސެޓުތައް ވަނީ އިންސްޓޯލްކޮށްފައެވެ.

ކެނދިކުޅުދޫގެ ކުޅުދޫ އަވަށުގައި ތަރައްޤީ ކުރި މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ