އޭއީއެޗުގެ ފުރަތަމަ މެޑިކަލް އިންޓަރންޝިޕް ބެޗު ދަސްވެނިވުން، ފޮޓޯ: އޭއީއެޗް

އޭއީއެޗްގެ ފުރަތަމަ އިންޓާންޝިޕް ބެޗު ނިމި، 3 ވަނަ ބެޗަށް ފުރުސަތު ހުޅުވާލައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) ކުރިއަށް ގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެ، 3 ވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ފެންވަރު ރަނގަޅު ކްލިނިކަލް ތަމްރީނު ފޯރުކޮށްދިނުމަށް އޭއީއެޗްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ ޖޫން މަހު ފެށި ފުރަތަމަ ބެޗުން 4 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

މިހާރު ކުރިއަށްދާ 2 ވަނަ ބެޗުގައި 6 ކުދިން ތަމްރީނުވަމުންދާއިރު، އަލަށް ހުޅުވާލި 3 ވަނަ ބެޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހެވެ. ރާއްޖޭގައި މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް މަދުވެގެން 1 އަހަރު (52 ހަފުތާ) ގެ އިންޓަންޝިޕެއް ފުރިހަމަކުރަން ޖެހޭއިރު، އޭއީއެޗްގެ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) ގެ މިންގަނޑުތަކާ އެއްގޮތަށެވެ.

އޭއީއެޗްއިން ފާހަގަކުރި ގޮތުގައި، މި މަސައްކަތަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށާއި މެޑިކަލް އެޑިއުކޭޝަން ކުރިއެރުވުމަށް އެ ހޮސްޕިޓަލުން ހާސިލުކުރި މުހިންމު ކާމިޔާބީއެކެވެ. އަދި ހޮސްޕިޓަލުގެ އަމާޒަކީ އަބަދުވެސް ޑޮކްޓަރުން ތަމްރީނުކޮށް، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ވަރުގަދަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ