ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއަށް ސަޕޯޓުކުރަން ނަތަންޔާހޫ ނިންމައިފި، ފޮޓޯ: އެކްސް

ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއަށް ސަޕޯޓުކުރަން ނަތަންޔާހޫ ނިންމައިފި

އާދިއްތަ ދުވަހު ރޭ ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ސްޕެއިންއާ ދެކޮޅަށް ނިކުންނަ އާޖެންޓީނާއަށް ސަޕޯޓުކުރާނެކަން ނިރުބަވެރި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ. ހައްދުފަހަނައަޅާފައިވާ ނަތަންޔާހޫ މިކަން ހާމަކުރީ އާޖެންޓީނާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު ރައްބީ ޝިމޮން އެކްސެލް ވަހްނިޝްއާ ހޮނިހިރު ދުވަހު ބައްދަލުކުރުމަށްފަހުއެވެ.

މި ބައްދަލުވުމުގައި އާޖެންޓީނާގެ ސަފީރު ވަނީ ނިރުބަވެރި އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކުރާ އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއިގެ ޚާއްޞަ މެސެޖެއް ނަތަންޔާހޫއަށް ރައްދުކޮށްދީފައެވެ. އެ މެސެޖަށް ރައްދު ދެމުން ޔަހޫދީ ނަތަންޔާހޫ ބުނީ، ރައީސް މިލެއި އަކީ އިޒްރޭލުގެ ހަގީގީ އަދި ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، ގިނަ ގޮތްގޮތުން އާޖެންޓީނާއަށް އިޒްރޭލުގެ އެހީތެރިކަމާއި ތާއީދު އޮންނާނެ ކަމަށެވެ. އަދި ފައިނަލް މެޗުން އާޖެންޓީނާއަށް ކާމިޔާބީއަށް އެދޭކަމަށް ވެސް އޭނާ ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފައިނަލަކީ ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް މެޗެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ސަބަބަކީ ސްޕެއިންގެ މެޑްރިޑް ސަރުކާރާއި އާޖެންޓީނާގެ ބުއެނޯސް އައިރެސް ސަރުކާރުން އިޒްރޭލާ މެދު ގެންގުޅޭ ސިޔާސަތުތައް މުޅިން ތަފާތުވުމެވެ.

އަދި، މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ދަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ