މައުމޫން ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ބައެއް ފޮތް އިސްލާމީ ޔުނިވަރސިޓީއަށް ހަދިޔާކުރެއްވުން، ފޮޓޯ: މައުމޫން ފައުންޑޭޝަން

މައުމޫން ފައުންޑޭޝަންގެ އެހީގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު އައިޔޫއެމްއިން ހުޅުވާލައިފި

މައުމޫން ފައުންޑޭޝަންގެ އެހީގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މާސްޓަރސްއަށް ކިޔެވުމުގެ ސްކޮލަރޝިޕް ފުރުޞަތެއް ހުޅުވާލައިފިއެވެ.

މި ފުރުޞަތަކީ "ޓީޗިންގ އެންޑް ލަރނިންގ އިސްލާމިކް އެޑިޔުކޭޝަން" ދާއިރާއިން މާސްޓަރސްއަށް ކިޔެވުމަށް ދެވޭ ސްކޮލަރޝިޕެކެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި:

  • ދިވެހި ރައްޔިތަކަށްވުން.

  • 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓާގައި އައިޔޫއެމްގައި ކިޔަވާ ދަރިވަރަކަށްވުން.

  • އުމުރުން 35 އަހަރު ފުރިފައި ނުވުން.

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ 14:00 އެވެ. މައުމޫން ފައުންޑޭޝަނުން އަންނަނީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް އައިޔޫއެމްގައި ޤުރުއާނުގެ ދާއިރާއިން މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު ދަރިވަރަކަށް އެ ފައުންޑޭޝަނުން ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ